މީހަކު މަރަން ރޭވުމުގެ ތުހުމަތުގައި އުމުރުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ޖަމާއަތް ހަދައިގެން ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން ރޭވުމާއި އަދި މާރާމާރި ހިންގަން އުޅުނު ކަމުގެ ކުށުގައި ގދ. ވާދޫއަށް ނިސްްބަތްވާ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ޒުވާނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުގައި ބުނެފައިވާގޮތުގައި މި މައްސަލައަކީ ދެ ގްރޫޕެއްގެ ދޭތެރޭގައި ސިލްސިލާގޮތެއްގައި ހިނގަމުންދާ މާރާމާރީއެކެވެ. އަދި އެ މާރާމާރީ އާ ގުޅިގެން އެއްބަޔަކު އަނެއްބަޔަކަށް ބަދަލު ހިފުމުގެ ރޫހުގައި މާރާމާރީ ހިންގުމަށް ރާވައި، ގަސްތުގައި މީހަކު މެރުމަށް ރާވަމުންދާކަމަށްވެސް ބުނެފައި ވެއެވެ.
ހައްޔަރު ކުރި ޒުވާނާ އަކީ މި މާރާމާރީ ހިންގާ ގްރޫޕަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން ފާހަގަކޮށް، އޭނާ އަކީ މާރާމާރީ ހިންގުމަށްޓަކައި އަނެއް ގްރޫޕްގެ މީހުން ލޮކޭޓް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތެއްކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ.
މި މައްސަލައިގައި ޒުވާނާ ކޯޓުގައި ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ 'އެމީހުން' ދީފައިވާ ތަނެއްގައި ނިދަން އޮތުން ކަމަށެވެ. އަދި އެމީހުންނަކީ ކޮބައިތޯ ޝަރީޢަތުން ފަހުން ސުވާލުކުރުމުން ބޭބެއެއްގެ ނަން ފާހަގަކޮށްފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.
ފުލުހުން ކޯޓުގައި ބުނީ ޒުވާނާ ނިދަން އޮތްކަމަށް ބުނާ ގެއަކީ މިތަނުން އެއް ގްރޫޕެއްގެ މީހުން މާރާމާރީ ހިންގުމަށް ރާވައި، އެއަށް ބޭނުންވާ ތަކެތި ފޮރުވައި ސޭފް ހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށެވެ. އަދި އޭނާ އަކީ މީގެ ކުރިންވެސް މި ގްރޫޕްގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ތަންތަނުން ފެނިފައިވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ކުރިންވެސް އެ ގްރޫޕުގެ މާރާމާރީ އަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 2024 ވަނަ އަހަރު 21 މީހުން ގެނައިއިރުވެސް އޭނާ އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު