މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އީވީ ޓެކްސީ ލައިން އިން މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު ހަދާފައި ހުރި ސްޓަޑީ ތަކުން ދައްކާގޮތުން ޓެކްސީ ޚިދުމަތަށް އެދޭތާ މަދުވެގެން 1 މިނެޓް 2 މިނެޓް ތެރޭގައި އެ ޓެކްސީ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ. މީގެ ތެރޭގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައި މި އޮތް ޓެކްސީ ކިޔު އަށް ވަރަށް ބޮޑު ހައްލު ތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން