ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން އީވީ ޓެކްސީ ޚިދުމަތް ފަށަން އުޅޭތީ އެކަން ސިޔާސީ ނުކުރަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އީވީ ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ނުވަތަ އެ ވިޔަފާރީގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށެެވެ. އަދި ސަރުކާރުން ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި ހިދުމަތް ދެމުން ގެންދާނީ އެމްޓީސީސީން ތައްޔާރުކޮށްފައި އޮތް ސޮފްޓްވެއާއެއްގެ ތެރެއިން ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ދާންވީ ތަން އިހުތިޔާރުކުރުމުގެ ބަދަލުގައި އެހިދުމަތުގައި ދާންވީ ތަން އަންގާނީ ސްފޮޓްވެއާއިން ކަަމަށް އަމީން ވިދާޅުވިއެެވެ. އަދި ޓެކްސީގެ ހިދުމަތަށް އެދޭތާ މިނެޓެއް ތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. މިނިސްޓަރު އަމީން ވަނީ އެކަން އެއްވެސް ފަރާތަކުން ސިޔާސީ ނުކުރަން ގޮވާލައްވާފައެވެެ.

"މިއީ އެއްވެސް ގޮތެއްގައި ސިޔާސީ ގޮތެއްގައި ކުރާ ކަމެއް ނޫން، މިއީ ހަމަ ދިވެހި ވަރަށް ގިނަ ބޭފުޅުން ބޮޑު އަދަދެއް ލައްކައިން މީހުން ދިރިއުޅޭ ސަރަޙައްދެއްގައި އޮތް ބޮޑު އަސާސީ މައްސަލައަކަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތެއް. މިއީ ވިޔަފާރި އުސޫލުން ބައެއްގެ ވިޔަފާރިތެރެއަށް ވަންނަން ކުރާ މަސައްކަތެއް ނޫން، މި ވިޔަފާރީގައި ތިއްބެވި ފަރާތްތަކަށް އިތުރު ފަހި ފުރުސަތުތަކެއް މީގެ ސަބަބުން ހުޅުވިގެންދާނެ، މިއީ އެބޭފުޅުން އަމިއްލަ ގޮތުގައި މިހާރު ހިންގަވަމުން ގެންދަވާ ޓެކްސީ ލައިން ތަކުގެ ޓެކްސީ ކުރިއަށް ގެންދިޔުމަށް ވެސް އެއްވެސް ދަތިކަމެއް ނޯންނާނެ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން