ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވީ، މި ސަރުކާރަކީ ކޮރަޕްޝަން ނައްތާލުމުގެ ވަޢުދާއެކު ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ.
އަޙްމަދު ދީދީ އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ޢާންމުކޮށް ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުންދާ ކަމަށް ފެންނަ ނަމަވެސް، ސަރުކާރުން މިކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ހާމަކަން ބޮޑު، ދެފުށް ފެންނަ ސަރުކާރެއް ޤާއިމުކުރުމުގެ ވަޢުދާއެކު ކަމަށް ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ. އެހެން ނަމަވެސް ވެރިކަމަށް އަހަރަކާއި ދެ މަސް ވެގެން ދިޔައިރުވެސް، ރައްޔިތުންނަށް ސަރުކާރުން ފާހަގަކޮށްލެވޭފަދައެއްވެސް ކަމެއް ހާމަކޮށްފައިނުވާ ކަމަށާއި، ރައްޔިތުންގެ ފައިސާއިން މުސާރަ ދެމުންގެންދާ ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ސަރުކާރުން ވަނީ ސިއްރުކޮށްފައި ކަމަށް އަޙްމަދު ދީދީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މެންބަރު އަޙްމަދު ދީދީ ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި ބައެއް ޤައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވި ނަމަވެސް، އޭގެ ސަބަބުން ރާއްޖެއަށް ލިބުނު މާލީ މަންފާއެއް ނެތް ކަމަށާއި، މި މަޢުލޫމާތު ވެސް ސިއްރުކުރެވިފައިވާ ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.
މިފަހުން ހާމަވި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތްކުރައްވަމުން، މެންބަރު ދީދީ ވިދާޅުވީ، އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން އަޑަށް ބާރުލާފައި ބުނަމުން ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލައިގައި ސަސްޕެންޑް ކުރެވުނު ފަރާތްތައް އަނބުރާ ވަޒީފާއަށް ނެރެފައިވާ ކަމަށާއި، ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް އަމިއްލައަށް ވަޒީފާއިން ވަކިވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. މިހާރު މި މައްސަލައިގެ ޙާލަތު އޮތީ ވާނުވާގައި ކަމަށް ދީދީ ވިދާޅުވިއެވެ.
"މިއީ ވާނުވާ ނޭނގޭ ގޮތަށް އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް އައިސް ވައުދުވެގެން އައި ސަރުކާރެއް. އެހެންވީމާ މިހުރިހާ ސަބަބަކާއި ހުރެ ހަގީގަތުގައި އޮބްޒަރވް ކުރަން އުޅޭ ބައިނަލްއަގުއާމީ ހުރިހާ ފަރާތްތައް ހަމަ ރަނގަޅަށް އެނަލައިޒް ކުރާނެ މިއީ ކިހިނެއް ވާ ކަމެއްތޯ މީގައި ޓްރާންސްޕޭރެންސީގެ އެއްވެސް ނިޝާނެއް އެބަހުރިތޯ؟ އެބޭފުޅުންނަށް މިހާރު އެނގޭނެ މި ސަރުކާރަކީ ޓްރާންސްޕޭރެންސީގެ އެއްވެސް މިންވަރެއް ހުރި ސަރުކާރެއް ނޫން ކަން" ދީދީ ވިދާޅުވިއެވެ.
ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ވިދާޅުވެފައިވާއިރު
ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ ތިން ދަރަޖަ ދަށަށް ވަނީ ޖެހިފައެވެ.
ޓްރާންސްޕޭރެންސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮޮތުން ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 38 ޕޮއިންޓެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެއް ކަން ފާހަގަކުރެވެއެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކައިދޭ އިންޑެކްސް އެކެވެ.

ކިޔުންތެރިންގެ ހިޔާލު