ޒަހީނުއްދީން ސަޢީދު   13 ފެބްރުއަރީ 2025 - 0:45
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް އެ މަގާމުން ވަކިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރެއްވީ މިއަދުއެވެ.

އޭނާ އެ މަގާމުން ވަކި ކުރެއްވި ސަބަބެއް އަދި ނޭނގެއެވެ.

ޕީސީބީގެ ބޯޑުގެ ރައީސަކަށް ހަމްދީ އައްޔަންކުރެއްވީ 2023 ވަނަ އަހަރު ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން