ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ މީހެެކެވެ. އެކި މީހުން ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރާނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުންނަކީ އެހެން މީހުންނާ ގުޅިގެން އުޅެން ބޭނުންވާ، ހެޔޮލަފާ މީހުން ކަމުގައި ވީނަމަވެސް، އަނެއްބައި މީހުންނަކީ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން ދުވާ މީހުންނެވެ.
މިފަހަރު މި ހިމަނާލަނީ ތިބާގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެހެން މީހުންނަށް ނުދިނުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
ނޫނެކޭ ބުނަން ދަސްކުރުން
ނޫނެކޭ ބުނުމަކީ ވަރަށް ގިނަ މީހުންނަށް ކުރަން އުނދަގޫވާ ކަމެއް ނަމަވެސް، މިއީ ދިރިއުޅުމުގައި ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ހުނަރެކެވެ. ތިބާ ކުރަން ނޭދޭ ކަމެއް ކުރުމަށް ބާރުއަޅާނަމަ، "ނޫނެކޭ" ބުނުމުގެ ގާބިލުކަން ހުންނަންވާނެއެވެ. އަދި އެހެން މީހުން ރުޅިއަޔަސް ތިބާގެ ނިންމުމުގައި ސާބިތުވެ ހުރުމަކީ މުހިންމު ކަމެކެވެ.
ހައްދުތަކެއް ކަނޑައެޅުން
ތިބާގެ އަމިއްލަ ހައްދުތަކެއް ނުވަތަ ބައުންޑަރީތަކެއް ކަނޑައެޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިބާއަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންތައްތައް އެހެން މީހުންނަށް ސާފުކޮށް ބުނެދޭން ޖެހެއެވެ. ރަނގަޅަށް ބައުންޑަރީތައް ކަނޑައެޅިފައިވާނަމަ އެހެން މީހުންނަށް ތިބާގެ ނާޖާއިޒު ފައިދާ ނަގަން އުނދަގޫ ވާނެއެވެ.
އަމިއްލަ އަގު ދެނެގަތުން
ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ އަގު ވަޒަންކުރަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިބާއަކީ އަގުހުރި މީހެއް ކަމުގައި އަމިއްލައަަށް ގަބޫލު ކުރާނަމަ އެހެން މީހުންނަށް ތިބާއަށް އޮޅުވާލަން އުނދަގޫވާނެއެވެ. އަދި ތިބާގެ ނާޖާއިޒު ފައިދާ ނަގަންވެސް އުނދަގޫވާނެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު