މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޯމޭޝަން އެންޑް އާޓްސް އިން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އޭވިއޭޝަން ދާއިރާ އިން 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނު ކުރަން ނިންމައިފި އެވެ.
މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު މިކަމާ ގުޅޭ މަޝްވަރާތަކެއް މިހާރު ވަނީ ބާއްވައިފަ އެވެ.
އެމްއޭސީއެލުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭވިއޭޝަންގެ އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ މީހުން ތަމްރީނު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިކަމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވައިލާނެ އިރެއް އެމްއޭސީއެލުން ހާމައެއްނުކުރެ އެވެ.
އެ ކުންފުނިން 2023 ގައިވެސް މިފަދަ ޕްރޮގްރާމެއް ހިންގާފައިވެ އެވެ. އެގޮތުން އެމްއެސީއެލްގެ ފުރަތަމަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 75 ޒުވާނަކު ތަމްރީނުކޮށްފައިވެ އެވެ. އެ ބެޗްގައި އޭވިއޭޝަނާ ގުޅުން ހުރި 20 ދާއިރާއަކުން ހަ މަސް ދުވަހުގެ ތަމްރީނާއި ތަޖުރިބާ ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު