ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއަކީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ކިނޮޅަހަކީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ރަށެކެވެ. އެގޮތުން މި މަސައްކަތަށް އޮތް ހުރަހަކީ އެ ރަށުގެ ރަށްގިރުމުގެ މައްސަލައެވެ. ރަށްގިރުމުގެ މައްސަލަ ހައްލުވެގެން ދިޔުމުން ރަށަށް އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ކުރިއެރުން އަންނާނެއެވެ.
އެމްޓީސީސީއިން ގެންދަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބަނދަރު ހެނދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު