އދ. ދިގުރަށް
އދ. ދިގުރަށް
އދ. ދިގުރަށުގެ ރައްޔިތުން ފިޔަވައި އެހެން މީހުން އެ ރަށުގައި އޮންނަ ދިގު ތުނޑިއަށް ދެވޭނީ ކައުންސިލަށް ފީއެއް ދައްކައިގެން ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.

ދިގު ރަށުގެ ތުނޑިއަކީ މުޅި ރާއްޖޭގައި ވެސް އޮންނަ އެފަދަ އެންމެ ދިގު އެއް ތުނޑި އެވެ. ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު އެ ތުނޑިއަކީ މިހާރު ދިވެހީންގެ މެދުގައިވެސް މަގުބޫލު ތަނެކެވެ.

ދިގު ރަށު ކައުންސިލްގެ މެމްބަރު ސާރަތު އާދަމް މިއަދު ސޮއިކުރައްވައި ކުރެއްވި އިއުލާންއެއްގައި ބުނީ ރަށުން ބޭރު މީހުންނަށް އެ ރަށުގެ ތުނޑިއަށް ދެވޭނީ 15 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށެވެ.

އެހެންކަމުން ރަށުން ބޭރު މީހުން ތުނޑިއަށް ދާނަމަ ކައުންސިލްގެ ހުއްދަ ހޯދައި ފީ ދެއްކުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ތުނޑިއަށް ދިއުމަށް ފީއެއް ކުރިން ނަގާފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން