އާންމުން ޓީވީ ބަލައި، ރޭޑިއޯ އަޑުއަހާ މިންވަރު ބަލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.
މިއަދު ބްރޮޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް އެފަދަ ރެކޯޑެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަންކުރުމަށް ވެސް ވަރަށް މުހިންމު މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު އެއް ކުރުމަށް ނިންމައި، އެ މައުލޫމާތު ގަވާއިދުން އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
ބްރޮޑްކޮމްގެ ރައީސް ސޮފާ ޝަފީގު ވިދާޅުވެފައިވަނީ ވިއުވާ އެންގޭޖުމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށެވެ. އަދި ބްރޮޑްކާސްޓަރުން އެކަމަށް ވަރަށް ގިނައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޮފާ ވިދާޅުވީ މި މައުލޫމާތާ އެކު ޗެނަލްތަކުން ވިއުވާ އެންގޭޖްމަންޓަށް ބަލާ ކޮންޓެންޓު އުފައްދާ ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ބެލުންތެރިން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ ކަމަށާއި މިއީ މިހާރު ނިއު މީޑިއާގައި ވެސް ހާމަކޮށް ފެންނަން ހުންނަ މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓު ކުރުން އަދި ރީ-ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ފަރުމާ ކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ. އާންމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރެކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު