ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ފިރިހެން ފަތުރުވެރިއެއްކަމަށް ބުނިނަމަވެސް އޭނާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް އަދި އެ ނޫންވެސް އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ސްނޯކްލިންގއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދާއިރު ދާދިފަހުން ވަނީ އިފުރު ރިސޯޓުން ސްނޯކްލިންއަށް ދިޔަ އެތަނުގެ މުވައްޒަފެއް ވެސް ގެއްލިފައެވެ. އޭނާ ވެސް އަދި ހޯދިފައި ނުވާއިރު ހޯދުމުގެ މަސައްކަތް މިހާރުވަނީ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން