ބީއެމްއެލްއަށް ދައްކަންޖެހޭ ލޯނެއް ގަވާއިދުން ނުދައްކާތީ އެ ފައިސާ މަހުންމަހަށް ބަހާލައިގެން ދައްކަން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ގެ މައްޗަށް ހުކުމެއް އިއްވައިފިއެވެ.

ސިވިލް ކޯޓުން މިއަދު އިއްވި ހުކުމެއްގައިވާގޮތުން، އޭނާ ބެންކުން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ އާއި ހިނގަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ ދައްކަން މުހައްމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ހުކުމުގައި ބުނެފައިވާގޮތުން ރަހުނުގެ ގޮތުގައި ހަމަޖައްސާފައި އޮތް ހ. ފުރާތު ވިއްކާލުމަށް ބޭންކުން ހުށަހެޅިނަމަވެސް، މުހައްމާ ވެސް ބޭނުންވަނީ ބަހާލައިގެން ދަރަނި އަދާކުރަންކަމަށްވާތީ ބެންކުން ވެސް ވަނީ އެގޮތަށް އެއްބަސްވެފައެވެ. ދެ ފަރާތުން ވެސް މިގޮތަށް ބޭނުންވާތީ 31 މެއި 2026 ގެ ނިޔަލަށް ބަހާލައިގެން އެ ފައިސާ ދައްކަން ވަނީ ހުކުމްކޮށްދީފައެވެ. ނަމަވެސް ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގައެވެ.

މުހައްމާއަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ބްރޯޑްކޮމްއަށް އައްޔަނުކޮށްފައިވާ މެންބަރެކެވެ. އޭނާއަކީ ކުރިން އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކޮށްފައިވާ ފަރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން