އަހުޒަމް އަޙްމަދު   14 ފެބްރުއަރީ 2025 - 11:14
ރައީސް މުއިއްޒު އާއިލާއާއެކު ރަސް ފަންނުގައި--
ރައީސް މުއިއްޒު އާއިލާއާއެކު ރަސް ފަންނުގައި--
އާއިލާއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ޒިޔާރަތްކުރައްވައިފި އެވެ.

އެމަނިކުފާނު ރަސްފަންނަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ހަގު ދަރިކަލުން ވެސް ވަޑައިގަންނެވި އިރު ރައީސް ވަނީ ރަސްފަންނުގައި އެ ވަގުތު ތިއްބެވި މީހުންނާއި ސަލާމްވެސް ކުރައްވައިފަ އެވެ.

ސާޅީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރަސްފަންނު ބީޗު ހުޅުވީ 2016 ވަނަ އަހަރު ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެވެ. އަދި އެތަން ހެދުމުގައި ރައީސް މުއިއްޒު ވަނީ މުހިންމު ދައުރެއް އަދާވެސް ކުރައްވައިފަ އެވެ.

ޕެވިލިއަންއަކާއެކު ހެދި ރަސް ފަންނުގައި ޖޯލިތަކާއި އުނދޯލިތަކުގެ އިތުރުން އަށިތަކާއި އަދި ބާބަކިއު ހެދޭނެ ތަންތަން ހުރެ އެވެ.

ރަސްފަންނު ތަރައްގީކުރި ފަހުން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އާއިލާއާއެކު އެތަނަށް ދަނީ ޒިޔާރަތްކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން