ކޮޅުމަޑުލު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި މައްސަލާގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ތ. ވިލުފުށި، ރޭނިގޭ ޢުމުރުން 66 އަހަރުގެ މުހައްމަދު އަބްދުލް ގާދިރު ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ވިލުފުށީ ކެފޭއެއްގެ ކުރިމައްްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނީ މިމަހުގެ ދިހަވަނަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު އެވެ.
ފުލުހުންބުނީ، މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު