ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމަށް،

އައްޑޫ ސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން އައްޑޫގެ ގެތަކަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން މަސްދަޅު ކޭހާއި ހަވާލުވާން އައުމަށް އެދިފަ އެވެ. ނަމަވެސް އެ އިއުލާން މިހާރު ވަނީ ކައުންސިލުން ބާތިލުކޮށްފަ އެވެ.

ކައުންސިލުން މީގެ ކުރިން ކުރި އިއުލާން ބާތިލުކުރުމަށް ފަހު މިއަދު ނެރުނު އެހެން އިއުލާނެއްގައި ބުނީ އައްޑޫ ރައްޔިތުންނަށް ބެހުމަށް ފޮނުވި މަސްދަޅުކޭސް، ރަޖިސްޓްރީ ކުރެވިފައިވާ މީހުން ދިރިއުޅޭ ގެތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން ޒިޔާރަތްކޮށް، މަސް ދަޅު ކޭސް ހަވާލުކުރެވޭނެ ކަމަށެވެ.

މަސްދަޅު ބެހުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އެއް ކޭހުގެ މަގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން