ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 18 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 24 ގައި އަގު ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ. ކައުންސިލުން ބުނީ މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައި މިވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނި އެކަމާމެދު ރައިސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިތާ އެއްދުވަސް ފަހުންނެވެ.
ރައީސް އިއްޔެ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ތަނަކީ ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ގެނެސްދޭ ދެ ތަން ކަމަށެވެ. ނަމަވެސް އެ ދެ ތަނުގެ ހާލަތު ފެނި އެކަމާ ހިތާމަކުރައްވާ ކަމަށާއި، އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު