ޝާން މުހައްމަދު   15 ފެބްރުއަރީ 2025 - 23:36
މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ބާ މުސްހަފުތައް ނައްތާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބައު މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމުގެ ހަރަކާތެއް މި އަހަރު ވެސް ފަށަން ނިންމާފައިވާ ކަމަށެވެ.

އަހަރަކު ދެ ފަހަރު މިކަން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ބުރު މާދަމާ ބާއްވަން ވަނީ ނިންމާފަ އެވެ.

ކައުންސިލުން ބުނީ މާދަމައިން ފެށިގެން މި މަހުގެ 28 އާ ހަމައަށް ގޭގެއިން ގެންނަ އެފަދަ ތަކެތި ކައުންސިލަށް ބަލައިގަންނާނެ ކަމަށެވެ. އެއީ އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ.

އެގޮތުން ބާ މުސްހަފުތައް ބަލައިގަންނާނީ ފަލަސްތީނު ހިނގުމުގައި ހުންނަ ކައުންސިލްގެ ސެކްޝަނުންނެވެ.

މަންފާ ޖަމިއްޔާ އާއި އީގަލްސް ކޮމިއުނިޓީ ގުޅިގެން މިއަދު މާލޭގެ ވެސްޓް ޕާކް ސަރަހައްދު ސާފު ކުރަން ހިންގި ހަރަކާތުގެ ތެރޭގައި ވެސް ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ބައު މުސްހަފުތައް ނައްތާލަން ހަވާލުކުރުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން