މަރްޔަމް ނަހްދާ ވަޙީދު   16 ފެބްރުއަރީ 2025 - 6:32
އޭޑީއެޗްޑީ ހުންނަ ނަމަ އެއް ކަމަކަށް ސަމާލުކަން ދޭޏް އުނދަގޫވާނެ- ގޫގުލް އިމޭޖެސް
އޭޑީއެޗްޑީ ހުންނަ ނަމަ އެއް ކަމަކަށް ސަމާލުކަން ދޭޏް އުނދަގޫވާނެ- ގޫގުލް އިމޭޖެސް
އޭޑީއެޗްޑީ އަކީ ސަމާލުކަން ދިނުމުގެ މައްސަލައެއް ކަމަށްވާއިރު، މި މައްސަލަ އާންމުކޮށް ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ. ނަމަވެސް، ބޮޑެތި މީހުންގެ ކިބައިގައިވެސް މި މައްސަލަ ހުރެދާނެއެވެ. މިފަހަރު މި ހިމަނާލަނީ އޭޑީއެޗްޑީ ހުންނަ މީހުންގެ ފަރާތުން ފެންނާނެ ބައެއް ކަންކަމެވެ.

ސަމާލުކަން ދިނުމަށް ދަތިވުން

އޭޑީއެޗްޑީ ހުންނަ މީހުންނަށް އެއް ކަމަކަށް ގިނަ ވަގުތު ސަމާލުކަން ދިނުމަށް ދަތިވެއެވެ. މިސަބާހުރެ އެމީހުން އަބަދުވެސް މަލްޓި ޓާސްކު ކުރާނެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު އެމީހުންނަށް ވަޒީފާގެ މައިދާނުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ކަންކަން ރޭވުމަށް އުނދަގޫވުން

އޭޑީއެޗްޑީ ހުންނަ މީހުންނަށް ކަންކަން ރާވައި، ކަންކަން ވަކި ތަރުތީބަކުން ކުރުމަށް އުނދަގޫވެއެވެ. އަދި އެކަމުގެ ސަބަބުން މުހިންމު ކަންތައްތައް ފަސްކޮށް، ބޭނުން ނޫން ކަންކަންް ކުރާ ގޮތް ވެއެވެ. އަދި އޭގެ ސަބަބުން މުހިންމު ކަންތައްތައް ނުނިންމި ހުރެއެވެ.

ކަންކަން ހަނދާން ނެތުން

އޭޑީއެޗްޑީ ހުންނަ މީހުންނަށް ކުދިކުދި ކަންތައް ހަނދާން ނެތުމަކީ ވަރަށް އާންމު ކަމެކެވެ. މިސާލަކަށް، ވަޒީފާގެ މައިދާނުގައި ބައްދަލުވުންތަކަށް ހާޒިރުވުމަށް ނުވަތަ މުހިންމު ލިޔެކިޔުންތައް ހުށަހެޅުމަށް ހަނދާންނެތުން ހިމެނެއެވެ. މިކަމުގެ ސަބަބުން އެމީހުންނަށް ވަޒީފާގެ މައިދާނުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން