ޒައިދާން
ޒައިދާން
ސްކޭމްކުރުމުގެ ގިނަ ރެކޯޑްތަކެއް އޮންނަ ގ. ސިނަމާލެ 01 05-13 ޒައިދާން މުހައްމަދު ހާޝިމް (28އ.) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޒައިދާން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރު ނެރުމުން ކަމަށެވެ.

އެހެންވެ ޒައިދާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިންވެސް ޒައިދާން ހައްޔަރުކޮށް އޭނާ އިތުރު ބައެއްގެ އަތުން ވެސް ފައިސާ ހޯދިތޯ ބަލަން 2023 ވަނަ އަހަރު ފުލުހުން އިއުލާންވެސްކުރި އެވެ.

އޭރު ފުލުހުން ބުނި ގޮތުގައި ޒައިދާން ވަނީ މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން