ހައްޔަރުކުރި މީހާ--
ހައްޔަރުކުރި މީހާ--
މާލޭގައި ހުންނަ ރެސްޓޯރެންޓަކުން ކިލޯއެއްގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަޙްމަދު ނާޒިމް (19އ) އެވެ.

ފުލުހުން މިއަދު ބުނީ ކިޔާން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން ކިޔާން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ބަރުދަން އެއް ކިލޯއަށްވުރެ ގިނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން