ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ދެމުން އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތާއި، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ ވެއެވެ.

އެމްޓީސީސީން މި މަޝްރޫެއުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރީ 660 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާ ގޮތަށް 125.2 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި ހިއްކާ ބިން ތަރައްގީ ކުރާނީ ސިނާއީ އަވަށެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން