މަރްޔަމް ނަހްދާ ވަޙީދު   16 ފެބްރުއަރީ 2025 - 18:4
މީރާގެ ޓެކްސް ޕޭޔަރ ސެންޓަރު- ފޮޓޯ: މީރާ
މީރާގެ ޓެކްސް ޕޭޔަރ ސެންޓަރު- ފޮޓޯ: މީރާ
މޯލްޑިވްސް އިންލެންޑި ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން 21 ފަރާތެއްގެ ނަން އާންމު ކޮށްފިއެވެ.

މިއަދު މީރާއިން ގެޒެޓުގައި އާންމު ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުންވެސް އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.

އެގޮތުން އޭގެތެރެއިން އާންމު ކޮށްފައިވަނީ 50،000 އަށް ވުރެ މަތިން ފައިސާ ދައްކަން ޖެހި އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އެކަންޏެވެ.

އޭގެ ތެރޭގައި ސޮލޮނޮކްސް މޯލްޑިވްސް، ގައު ޕަން މޯލްޑިވްސް، ދިއްފުށި ވޯޓާ ސްޕޯޓްސް އަދި މިޓަކްސް ޕްރައިވެޓް ލިމިޓެޑް ފަދަ ފަރާތްތައް ހިމެނެ އެވެ.

މީރާއަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ޓެކްސް ފައިސާގެ އިތުރުން ކޯޓުގެ އެކި މައްސަލަތަކާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާވެސް ހިމެނެއެވެ.

ނަމަވެސް ބައެއް ފަރާތްތަކަށް އެ ފައިސާ ދައްކަން ދަތިވާތީ މީރާއިން ވަނީ މީގެ ކުރިންވެސް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން