އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހައިޝަމް
އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހައިޝަމް
މިހާރު އެމްޓީސީސީން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ފްލީޓަށް ޑްރައިވަރުން ނަގާނީ ކުށުގެ ރެކޯޑް ސާފުކޮށްފައިކަމަށާއި އަދި އެ ޓެކްސީތަކުގައި ފުރައްސާރަކުރުން ނުހިނގާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދީފި އެވެ.

ޓެކްސީ ފްލީޓްގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު އެކަމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ރޭ "އެމްއެމްޓީވީ" ގައި އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހައިޝަމް ވިދާޅުވީ ޓެކްސީ ޑްރައިވަރުން ކަސްޓަމަރުންނަށް ފުރައްސާރަކޮށް ބޭނުން އަގެއް ނެގުމުގެ ކަންކަން ހިނގާ ކަމަށެވެެ.

އެހެން ނަމަވެސް އެމްޓީސީސީގެ ޓެކްސީ ހިދުމަތް ފަށާއިރު އެފަދަ ކަންކަން ނުހިނގާނެ ކަމަށް ހައިޝަމް ވިދާޅުވި އެވެ.

އެގޮތުން ޓެކްސީ ޑްރައިވަރުން ރެކްރޫޓްކުރާނީ ވެސް ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ވަޒީފާއަށް ރެކްރޫޓްކުރާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން ބަލާނެ ޕޮލިސް ރިޕޯޓާ އެއްޗެހި. ބަލައިފައި ހަމަ ފިލްޓާކޮށްގެން މުވައްޒަފުން ރެކްރޫޓްކުރާނީ. އޭގެ އިތުރަށް ބޭނުންވާ ޓްރެއިނިންތައްވެސްދީ އަޅުގަނޑުމެންގެ ތެރޭގައި ހެދިފައި ހުންނަ އެސްއޯޕީތަކަށް ވެސް ފޮލޯކުރޭތޯ ބަލާނަން. ޑިސިޕްލިނަރީ އިޝޫއެއް ނުވަތަ ކަސްޓަމަރަށް މުހާތަބުކޮށް ވާހަކަ ދެއްކުން ނުވަތަ ކުރަން ނުވާ އެއްވެސް ޒާތެއްގެ ކަމެއް ހިނގައި ނުދިނުމަށްޓަކައި އަޅަން ޖެެހޭ ފިިޔަވަޅުތައް އަޅާނަން." ހައިޝަމް ވިދާޅުވި އެވެ.

ޓެކްސީ ފްލީޓްގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ އިރު ޓެކްސީ ޑްރައިވަރުން ދަނީ އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި ނުރުހުން ފާޅުކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން