އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭއާއި) އާ ގުޅިގެން ސިއްހީ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސެޝަންގައި އާންމު ސާފުތާރިހުކަމުގެ މިންގަނޑުތައް ކިޔައިދީފައިވާއިރު އުމްރާއަށް މީހުން ގެންދާއިރުގައި ބަލިތަކުން އެ މީހުން ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ވެސް ކިޔާދީފައިވެއެވެ.
އެޗްޕީއޭއިން ވަނީ ރާއްޖެއިން ހައްޖާއި އުމުރާއަށް ދަތުރުކުރާ މީހުން ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން ބުނީ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ހައްޖާއި އުމުރާއަށް ދަތުރުކުރާ މީހުން ރައްކާތެރިވާން ޖެހޭ ކަމަށެވެ. އަދި އެމީހުން ރާއްޖެ އަނބުރާ އައުމަށްފަހު ބަލި ފެތުރުން މަދުކުރުމަށްޓަކައި ވެކްސިން ޖެހުން މުހިންމު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ހައްޖާއި އުމުރާވެރިން ޖަހަންޖެހޭ ވެކްސިން:
* މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން
* އިންފްލުއެންޒާ
* އޯރަލް ޕޯލިއޯ ވެކްސިން
ހައްޖާއި އުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކަކުން އަދި ގްރޫޕެއް މެދުވެރިނުވެ އަމިއްލައަށް އުމްރާއަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި އެ ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު