މި އަހަރުގެ "ރެހެންދި" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އެގޮތުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.
ރެހެންދި އެވޯޑަކީ އެކިއެކި ދާއިރާތަކުން ގައުމަށް ޚިދުމަތް ކުރަމުން އަންނަ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑު ދޭ ދާއިރާތަކުގެ ތެެރޭގައި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމްއިއްޔާތަކާއި ޖަމާއާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުން ހިމެނެ އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ "ރެހެންދި" އެ އެވޯޑު ދިނުމާ ގުޅޭ އުސޫލާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ދިވެހި ސަރުކާރުން ”ރެހެންދި" އެވޯޑް ދޭން ފެށީ 2014 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު