އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން، މަގާމުން ރިޓަޔާ ކުރަށްވަން އުޅުއްވާ ކަމުގެ އިޝާރާތެއް އެ މަނިކުފާނު ކުރައްވާފައިވަނީ ބާ އެޑްމިޝަން ސެރެމަނީގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.
މަގާމުން ވަކިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ކުރެއްވިނަމަވެސް އޭގެ ތަފްސީލެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރަށްވައެވެ. ހަމައެކަނި އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އެފަދަ ޖަލްސާއަކުން އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ދެން އެމަނިކުފާނު ނުފެނިދާނެ ކަމަށް ކަމަށެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރަށްވަން އުޅޭކަމުގެ އިޝާރާތެއް އެ މަނިކުފާނު ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ބެންޗު، ސަރުކާރުން ބަދަލު ކުރަން މަސައްކަތް ކުރަން އުޅޭކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ އެ ވާހަކަ ދޮގޮކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު