ޒުވާނުންނާއި ދަރިވަރުން އިސްރަށްވެހިންގެ ހުނަރާއި ތަޖުރިބާތައް ދަސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ މާލޭ އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ، އެއް ޖީލުން އަނެއް ޖީލަށް މިފަދަ ހަނދާންތައް ވާސިލުވަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ގައުމެއްގެ ނިސްބަތުގައި ކިތަންމެހާ ވެސް ބޭނުންތެރިކަމެއް ކަމަށާއި އެެހެންވެ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ހުނަރާއި ތަޖުރިބާ ހިއްސާކުރުމުގެ ފައިދާ ލިބިގަތުމަށް އަދުގެ ކިޔަވާ ކުދިންނަށް ގޮވާލައްވާކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
އަދި ޒުވާނުންނާއި ދަރިވަރުން ވެސް އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާތަކާ ހުނަރު ދަސްކުރުމަށް އެދިވަޑައިގެންނެވިއެވެ.
އަދި އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރުކޮށްދޭ ފުރުސަތުތަކެއް ހުޅުވިގެންދާނެ ތަނެއް ކަމުގައިވެގެން ދިޔުމަކީ އެކަމަނާގެ އެދުމެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު