ގާނޫނުއަސާސީއަށް އުނިއިތުރު ގެނެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ފަށާފައި ވަނިކޮށް އިމްތިޔާޒު އެކްސްގައި މިރޭ ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި ނުގެނައުމުގެ ބާރު ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އެއާ ގުޅުވައި އެމެރިކާއިން މިސާލެއް ނަންގަވަމުން ވިދާޅުވީ، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 18 ވަނަ އިސްލާހުގައި ބަނގުރާ މަނާކުރި ކަމަށެވެ. އަދި ރައްޔިތުންނަށް އެއީ އެ މީހުންގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ހީވި ނަމަވެސް އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ކަމަށް އިންތި ވިދާޅުވިއެވެ.

އަދި އެކަން ބަދަލުވީ ސުޕްރީމް ކޯޓުން އެކަމަށް ވަދެގެން ނޫން ކަމަށާއި ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް 21 ވަނަ އިސްލާހު ގެނެސް، ބަނގުރާ މަނާކުރަން ނިންމި ނިންމުން އުވާލުމުން ކަމަށް އިންތި ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު ބާތިލުކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 9 ޖަހާއިރު ބާއްވަން މިހާރުވަނީ ތާވާލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން