ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އާންމު މައްސަލައެކެވެ. އަދި މިކަމަށް ފަރުވާ ހޯދަން ތަފާތު އެކި އެއްޗެހި ބޭނުން ކުރާ މީހުންވެސް ވަރަށް ގިނައެވެ. ނަމަވެސް، ބައެއް ފަހަރު އިސްތަށި ފޭބުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާ ނުނިކުމެއެވެ. މިކަމް މިހެން ވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތަކެއް އެބަ ވެއެވެ.
އެގޮތުން ބަލާއިރު ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ރަނގަޅަށް ނުބެލެހެއްޓުމަކީ އިސްތަށި ފޭބުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބެވެ. ހަށިގަނޑުގައި ހަކުރު މަތިވާނަމަ އޭގެ ސަބަބުން ލޭ ދައުރުވުމުގެ ނިޒާމަށް އަސަރުކޮށް، އިސްތަށީގެ ފޮލިކަލްތަކަށް ލިބެން ޖެހޭ ކާނާ ލިބުމަށް ދަތިވެއެވެ. އަދި އޭގެ ސަބަބުން ބޮލުން އިސްތަށި ފައިބައެވެ.
އަދި ތައިރޮއިޑު މައްސަލަތައް ދިމާވުމަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބެކެވެ. ތައިރޮއިޑް ގްލޭންޑުން އުފައްދާ ހޯމޯނުތަކުގެ މިންވަރު މަދުވުމުގެ ސަބަބުން އިސްތަށިގަނޑު ތުނިވެ، ކުރަކިވެ، ފަސޭހައިން ހަލާކުވެގެން ދެއެވެ. އަދި އޭގެ ސަބަބުން އިސްތަށި ފައިބާވަރު އިތުރުވެއެވެ.
މީގެ އިތުރުން މީހާ މާ ބޮޑަށް ސްޓްރެސް ވުމަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބެކެވެ. ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި ކޯޓިސޯލް ހޯމޯނުގެ މިންވަރު އިތުރުވެ، އޭގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހިވެއެވެ.
ވީމާ ފަރުވާ ދިނުމުންވެސް ބޮލުން އިސްތަށި ފައިބާނަމަ މިކަންކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. އަދި އޭގެ ފަހަތުގައި ސިއްހީ މައްސަލައެއް ވޭތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު