އަމިއްލަ ނަފްސާ ވާހަކަ ދައްކަނީ- ގޫގުލް އިމޭޖެސް
އަމިއްލަ ނަފްސާ ވާހަކަ ދައްކަނީ- ގޫގުލް އިމޭޖެސް
އެކަނިމާއެކަނި ހުރެވެސް ނުވަތަ މީހުންގެ ތެރޭގައި ހުރެވެސް އަމިއްލަ ނަފްސާ ވާހަކަދައްކަންތަ؟ މިއީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިގޮތަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށް، ސްޓްރެސް މަދުކޮށް، އަމިއްލަ ނަފްސު ދެނެގަތުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

މިފަހަރު މި ހިމަނާލަނީ އަމިއްލަ ނަފްސާ ވާހަކަ ދައްކާނަމަ އެމީހެއްގެ ޝަހްސިއްޔަތާ ބެހޭ ގޮތުން އެނގިގެންދާ ބައެއް ކަންކަމެވެ.

އުފެއްދުންތެރި މީހެއްކަން

ތިބާއަކީ އަމިއްލަ ނަފްސާ ވާހަކަ ދައްކާ މީހެއްނަމަ އުފެއްދުންތެރި މީހަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ އާ ހިޔާލުތައް އުފެއްދުމަށާއި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަމިއްލަ ނަފްސާ ވާހަކަދެއްކުމުގެ ސަބަބުން ތިބާގެ ވިސްނުން ތަރުތީބުކުރެވި، އުފެއްދުންތެރިކަން އިތުރުވެގެން ދިއުމަށް އެހީވެދެއެވެ.

ރަނގަަޅަށް ވިސްނާ މީހެއްކަން

އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ އެމީހެއްގެ ވިސްނުން ރަނގަޅުކޮށް، މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ތިބާއަށް އަމިއްލަ ނަފްސާ ވާހަކަދެއްކޭނަމަ، ތިބާއަކީ ރަނގަޅަށް ވިސްނާ މީހަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ރޭވުންތެރި މީހެއްކަން

އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ ރޭވުންތެރިކަމަށް އެހީތެރިވެދޭ ކަމެކެވެ. ތިބާއަށް އަމިއްލަ ނަފްސާ ވާހަކަދެއްކޭނަމަ، ތިބާއަކީ ކަންކަން ރަނގަޅަށް ރާވަން ދަންނަ މީހަކަށް ވުމުގެ ފުރުޞަތު ބޮޑެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން