ހުޅަނގު އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ ގެމްބިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

އިނގިރޭސިންގެ ކިބައިން ގެމްބިއާއަށް މިނިވަންކަން ލިބުނީ 18 ފެބްރުއަރީ 1965 ވަނަ އަހަރު އެވެ.

އެހެންކަމުން މިއަދަކީ ގެމްބިއާއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ދުވަސް ފުރޭ ދުވަހެވެ.

އެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު މިއަދު ގެމްބިއާގެ ރައީސް އަޑަމާ ބަރޯއަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

ރައީސްގެ މެސެޖުގައި ގެމްބިއާގެ ރައީސަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމާއި، ގެމްބިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން