ސީރިޔާގައި ހަރުކަށި ވެރިކަމެއް ކުރަމުން ދަނިކޮށް ދާދިފަހުން ވެރިކަން ވެއްޓުނު ބައްޝާރުލް އަސަދަށް ކަން ދިމާވިގޮތާމެދު ނިރުބަވެރި އިސްރާއީލުން ހިތާމަ ފާޅުކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަމްޔާހޫ ބުނީ ބައްޝާރުގެ ވެރިކަން ވެއްޓުމަކީ އިޒްރޭލަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް އިސްރާއީލުގެ ވެރިން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

އަނިޔާވެރި ނަތަންޔާހޫ މިހެން ބުނެފައި ވަނީ އިސްރާއީލުގެ މީޑިޔާތަކާ ވާހަކަ ދައްކަމުންނެވެ. އެކަމަކު ބައްޝާރުގެ ވެރިކަން ވެއްޓުނު ދުވަހު ނަތަންޔާހޫ ބުނީ އޭއީ ޔަހޫދީން ބޭނުންވި ގޮތް ކަމަށެވެ.

ނިރުބަވެރި ނަތަންޔާހޫ އާއި ބައްޝާރުލް އަސަދަކީވެސް މުސްލިމުންނަށް އަދާވާތްތެރިކަން ބޮޑު ދެ މުޖުރިމުންނެވެ. އެތައް ލައްކަ މުސްލިމުން ވަނީ މި ދެ އަނިޔާވެރިންގެ އަނިޔާތަކުގައި ޝަހީދުވެފައެވެ.

ނަތަންޔާހޫގެ ވާހަކަ ގިނަވެ، އިރާނާއި ސީރިޔާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް މިދުވަސްވަރު ވަނީ ގިނަވެފައެވެ. އަދި އޭނާގެ ދޮގުވެރިކަންވެސް މިހާރު އިންތިހާއަށް އިތުރުވެފައިވާއިރު މީޑިޔާތައް ކުރިމަތީގައިވެސް އޭނާ ދަނީ ބޮޑެތި ދޮގުތައް ހަދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން