ޝާން މުހައްމަދު   18 ފެބްރުއަރީ 2025 - 11:35
މާލެ ސަރަހައްދުގެ ސްކޫލެއްގައި އިސްލާމް ކިޔަވައިދޭން އުޅުނު ޓީޗަރަކު ދަރިވަރަކާ ބެހުނު މައްސަލައިގައި އޭނާ ސަސްޕެންޑްކޮށްފިއެވެ.

ކުޑަ އަންހެން ދަރިވަރަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ޓީޗަރު ސަސްޕެންޑްކޮށްފައި މި ވަނީ އެ މައްސަލަ ފެންމަތިވިތާ މަހެއްހާ ދުވަސް ފަހުން އިއްޔެ ކަމަށް އެނގިފައިވެ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިރު، ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެނގިފައިވެ އެވެ.

ޓީޗަރު ބެހިފައި ވަނީ އުމުރުން އެންމެ 11 އަހަރުގެ އަންހެން ކުއްޖަކާ އެވެ. އަދި އެ ކުއްޖާ އަކީ ޓީޗަރާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ކުއްޖެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން