ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ދެމުން އެމްޓީސީސީން މިއަދު ބުނީ މިހާރު އެރަށު ބޭރު ތޮށި ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި ރެވެޓްމެންޓު ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 82 އިންސައްްތަ މަސައްކަތާއި، ގޮނޑު ދޮަށަށް ވެލި ފުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު