ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު މިއަދު ލަންކާއަށް ފުރާ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ގެ މި ދަތުރުފުޅަކީ ލަންކާގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޚަލީލް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާގެ ބައެއް ވިޔަފާރިވެރިންނާ ވެސް މިނިސްޓަރ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރ ޚަލީލު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު