އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖޭގައި ހިންގަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ހުއްދަ ދީފައިވާ ޕްރޮގްރާމްްތައް ރާއްޖެއިން ބޭރުގައި ހިންގައިގެން ދޫކުރާ ސަނަދުތައް ގަބޫލު ނުކުރާނެކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އެމްކިއުއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ބައެއް ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް ހިންގާ އަދި ސަނަދު ދީފައިވާކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ބައެއް އިދާރާތަކުން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެމްކިއުއޭއިން ބުނިގޮތުގައި އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެމްކިއުއޭއިން ގަބޫލުވެސް ނުކުރާ މަރުކަޒުތަކުގައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެމްކިއުއޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބޭރުގެ މަރުކަޒުތަކުން ހިިންގައި ދޫކުރާ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

އަދި އެކަމާ ގުޅިގެން ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާވެސް ނުނަގާނެ ކަމަށް އެމްކިއުއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން