އިސްލާމީ މަރުކަޒް (ފޮޓޯ: ސޯޝަލް މީޑިއާ)
އިސްލާމީ މަރުކަޒް (ފޮޓޯ: ސޯޝަލް މީޑިއާ)
ފެންނަ ތަކެއްޗާ ނުފެންނަ ތަކެތީގައިވެސް މާތް ﷲގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުން ޝާމިލްވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައި ވަނީ "މިންވަރަށް އީމާންވުން" މި މައުޟޫއުގެ މައްޗަށެވެ. އެގޮތުން ގަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ވޭތަކުރަމުން ދާނީ ހިތްހަމަ ޖެހުމާއެކުގައި ކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނޭކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އީމާންކަމުގެ އަސާސަކީ ތަޤްވާވެރިވުން ކަމަށާއި ގަޟާ ގަދަރަށް އީމާންވުމަކީ އެމީހެއްގެ ހަޔާތް ހިންހަމަ ޖެހުމާއެކު ހޭދަކުރުމަށް އެޅޭ ބިންގަލެއް ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މީހާގެ މަތިވެރިކަމާ ދަރަޖަ އުފުލިގެން ދަނީ ތަޤްވާވެރި ވުމުގެ ސަބަބުންކަމުގައި ފާހަގަކޮށް އީމާންކަމުގެ ރުކުންތަކަށް އީމާންވުމުގެ މުހިއްމު ކަމުގެ މައްޗަށް ޚުތުބާގައި އަލި އަޅުވާލާފައިވެއެވެ.

މިކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ އެކަލާނގެ އިރާދަ ފުޅުގެ މަތިންކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އެގޮތުން މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަ ކަށަވަރުން. ކަލޭގެފާނުންގެ ވެރި ރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."

ޚުތުބާގައި ބުނެފައިވަނީ މިންވަރަށް އީމާންވުމުގެ ސަބަބުން ސުވަރުގެ ލިބުމަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި ހަމަ އެހެންމެ ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިގޮތަށް އީމާންވެ، އަޤީދާ ވަރުގަދަ ކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެން ދާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން އިމްތިހާން ކުރައްވާނެ ކަމަށް އަންގަވާފައިވާ ކަމަށާއި އަދި މި އިމްތިހާނުން ކާމިޔާބު ލިބޭނީ ގަޟާގަދަރަށް ރުހިގެން ތިބޭ ކެތްތެރިންނަށް ކަންވެސް ޚުތުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


28

ޙަސަންބުޝްރީ

05-Sep-2020

ﷲގެ އެއްކައުވަންތަކަން ޝާމިލުނުވާއެއްޗެއް ތިހާމޮޅިއްޔާ ބުނެދީބަލަ! އަހަރެމެން ހިތުގަ ސުވާލެެއް ނުއުފެދޭ. މޮޅުކަން ދައްކަންވެސް ސުވާލެއް ނުއުފެދޭކަމެއް ބުނެލަންވީނު. އަހަރެމެން މުސްލިމުންގެ އަގީދާބަލިކަށިކޮށް ތިމާގެމޮޅުކަން ދައްކަންވެސް ދައްކަންވާޒާތުގެ ކަންތައްތައް ކިޔާބަލަ!



ޓްރެންޑިން