އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުން- ފޮޓޯ: ރައީސް އޮފީސް
އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުން- ފޮޓޯ: ރައީސް އޮފީސް
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމަށް މުހައްމަދު ޒާހިދު އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހްމާން ސަލާހު ރަޝީދު އައްޔަނު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މުހައްމަދު ޒާހިދު އީސީގެ ރައީސްގެ މަގާމަށް އަދި އަބްދުއްރަހުމާން ސަލާހު ރަޝީދު، ކ. އެ ކޮމިޝަންގެ ނައިބުގެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފައިވާ ކަމަށެވެ.

ޒާހިދުއާއި ސަލާހު މި މަގާމުތަކަށް އައްޔަނު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ. އެގޮތުން ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން މި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

‎އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ފުއާދު ތައުފީގުގެ ދައުރު ހަމަވުމުންނެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ނަޝާތު މަގާމުން ވަކިކުރަން މިދިޔަ ނޮވެމްބަރު 25، ގައި މަޖިލީހުން ފާސްކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން