ދިވެހި ބަހުގެ އެކަޑަމީން ދިވެހިބަހަށް އިތުރު 72 ލަފުޒު އުފައްދައި އެ ލަފުޒުތައް އާންމުކޮށްފި އެވެ.
ދިވެހި ބަހުގެ އެކަޑަމީން މިއަދު އާ ލަފުޒުތަކާއި އެ ލަފުޒުތަކުގެ މާނަތައް އާންމުކޮށްފައިވާއިރު އެ އެކަޑަމީން ބުނީ މިއީ މިދިޔަ އަހަރު އުފައްދާފައިވާ ބަސްތަކެއް ކަމަށެވެ. އަދި އެ ލަފުޒުތަކާއި ލަފުޒުތަކުގެ މާނަތައް ފާސްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އަލަށް އުފެއްދި ބަސްތަކުގެ ތެރޭގައި ޅެންފަރުވާ މި ލަފުޒާއި ފަތުރުވެހި އަދި މޫތު ފަދަ ލަފުޒުތައްވެސް ހިމެނެ އެވެ. ޅެންފަރުވާ އަކީ ޕޮއިޓްރީ ތެރަޕީގެ ދިވެހި ލަފްޒެވެ. ފަތުރުވެހި މިއީ ގެސްޓްހައުސްގެ ދިވެހި ލަފްޒެވެ. މޫތު އަކީ ޔޫރިންގެ ދިވެހި ލަފްޒެވެ.
ދިވެހި ބަހުގެ އެކަޑަމީން ވަނީ 2019 ވަނަ އަހަރު ދިވެހި ބަހުގެ އައު ލަފްޒުތައް ހެދޭނޭގޮތުގެ އުސޫލެއް އެކުލަވާލާފައެވެ. އެގޮތުން އެފަދަ އުސޫލެއް ހެދުމުގެ މައިގަނޑު ސަބަބަކީ އައު ލަފްޒުތައް ހެދުމުގައި ތަބާވާންޖެހޭ އިލްމީ ހަމަތަކާއި ގޮތްތައް ކަނޑައެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު