ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ސެންޓަރެއް ހަދަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އެ މަސައްކަތް ހަވާލުކުރީ މެޑްޓެކް އަދި މެޑިކޮމްއާ އެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލު ހިންގާ މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އެއްބަސްވުމުގައި މެޑްޓެކްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު ހައިކަލްއެވެ. އަދި މެޑިކޮމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ހަވާލުކުރީ 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އަޅަން ކަމަށެވެ.
މެޑިކަލް ސާމާނު ގިނަ އަދަދަކަށް ރާއްޖެ ގެންނަ މެޑްޓެކް ކުންފުންޏާ އެ މަސައްކަތް ހަވާލުރީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ޑައިލެސިސްގެ ހިދުމަތް ލިބެއެވެ. ނަމަވެސް އެ ތަނުގައި ޑައިލެސިސް ހަދަން ބޭނުންކުރަނީ އެންމެ 10 އެނދު ކަމަށްވާތީ ބައެއް ފަރާތްތަކުން ޑައިލެސިސް ހަދަން މާލެ ދާން ޖެހެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އާ ސެންޓަރު ހެދުމުން ހުޅުމާލޭގައި ޑައިލެސިސް ހަދާ މީހުންނަށް ފަރުވާތައް ލިބުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު