ރޯދަ މަހަށް ރައްޔިތުންނަށް ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި މާދަމާ ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ މަސްދަޅު ކޭސް ބަހަން ފަށާނެ ކަމަށާއި، މަސްދަޅު ކޭސްތައް ބަހާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި މަސްދަޅު ކޭސް ބަހާނީ ގޭގެ ފެން މީޓަރު ނުވަތަ ކަރަންޓު މީޓަރަށް ބަލައި އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.
މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު މެންދުރުފަހު 2:30 އިން ހަވީރު 06:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:30 އަށެވެ.
މާލޭގައި މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑުގައެވެ.
ހުޅުމާލެ ފޭސް އެކެއްގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އުމަރު ޒާހިރު ބިލްޑިންގައެވެ. އަދި ފޭސް ދޭއްގައި މަސްދަޅު ކޭސް ދޫކުރާނީ ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައެވެ.
އަދި ވިލިމާލޭގައި މަސްދަޅުކޭސް ބަހާނީ ވިލިމާލޭ ކައުންސިލް އޮފީހުންނެވެ.
މިފަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން މަސް ދަޅު ކޭސް ބަހަން ނިންމިއިރު، މިދިޔަ ރޯދަ މަހު ގޭބިސީތަކަށް ދިނީ ފުށް އަދި ހަކުރު ބަސްތާއެކެވެ.

ކިޔުންތެރިންގެ ހިޔާލު