މި އަހަރު ސަރުކާރުން ހަ ރަށެއްގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތްތަކުގެ ކުރެހުންތައް ދައްކާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބޫކްގައިވަނީ އެ މިސްކިތްތަކުގެ ގިނަ ކުރެހުންތަކެއް އާންމުކޮށްފައެވެ. ޒަމާނީ އެކި ޑިޒައިންތަކަށް އިސްލާމީ ވައްޓަފާޅި ދައްކައިދޭގޮތަށް ތައްޔާރުކޮށްފައިވާ އެ ކުރެހުންތައް ކުރެހީ ރިޔަން މޯލްޑިވްސްގެ ފަރާތުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މިސްކިތްތައް އަޅަން ނިންމާފައިވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫއެވެ.
މިނިސްޓްރީން ބުނެފައިވަނީ އެ ރަށްތަކުގައި ބިނާކުރަނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ ތިން ސައިޒުގެ މިސްކިތްތަކެއް ކަމަށާއި މިސްކިތްތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާފައިކަމަށެވެ.
ސަރުކާރުގެ ބަޖެޓުން އިމާރާތްކުރާ މި މިސްކިތްތައް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމްތައް ހިމެނޭގޮތަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވީ މި މިސްކިތްތަކަކީ ދިވެހި ސަގާފަތް ވެސް ރަމްޒުކޮށްދޭގޮތަށް ޑިޒައިން ކުރެވިފައިވާ މިސްކިތްތަކެއް ކަމަށާއި މި މިސްކިތްތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު