ކުޅުދުއްފުށި ސިޓީގައި ސިހުރު ހަދާ މައްސަލަ ބޮޑުވެ ފުލުހުން ބޮޑު އޮަޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ އެ ރަށުގައި ސިހުރު ހަދާ ކަމަށް ބެލެވޭ 10 ތަނެއް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކުރި ކަމެއްވެސް ނޭނގެ އެވެ.
ސިހުރު ހަދާ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ވެސް އޮޕަރޭޝަންތައް ހިންގާފައި ވެއެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހު ށ. ކަނޑިތީމުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. އަދި ހަމަ މި އަހަރުގެ ޖެނުއަރީ މަހު ރ. މީދޫ އަދި އަލިފުށީގައި ވެސް އެފަދަ އޮަޕަރޭޝަންއެއް ފުލުހުން ކުރިއަށް ގެންދިޔަ އެވެ.
އަދި ފުލުހުން މިދިޔަ ހަފްތާ ވަނީ ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށްބުނާ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު