ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޢަބްދުއްރަހީމާ އެކު ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން ވެސް މަޖިލީހާއި ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ހީނާ ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރެކޭ އެއްގޮތަށް މަޖިލީހުގެ ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒާއި ޢަބްދުއްރަހީމް ބައްދަލު ކުރައްވާފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޢަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ރައީސްއާއި ޢަބްދުއްރަހީމްއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާފަދަ މޭރުމަކުން ޢަބްދުއްރަހީމް ވާހަކަފުޅު ދެއްކެވުމަށްފަހު އެ ދެބޭފުޅުން ބައްދަލު ނުކުރައްވާ ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު