އަވައްޓެރި އިންޑިއާގެ މޯބައިލް ފޯނު އެކްސްޕޯޓް މިހިނގާ މާލީ އަހަރުގެ ތެރޭގައި 50 އިންސައްތައަށް އިތުރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިޔާއިން މޯބައިލް ފޯނު އެކްސްޕޯޓު ކޮށްގެން މިއަހަރުގެ މިހާތަނަށް ވަނީ 18 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 12 ބިލިއަން ޑޮލަރުގައި އޮތް ވިޔަފާރިއެކެވެ.

އިންޑިޔާގައި މޮބައިލް ފޯނު އެކްސްޕޯޓު އިތުރު ވެފައި ވަނީ، މަޝްހޫރު ޓެކް ކުންފުނި، އެޕަލްއިން އައިފޯން އުފެއްދުމުގައި އެގައުމުގައި މުހިންމު ދައުރެއް އަދާކުރުމުންނެވެ. އައިފޯނުގެ އެކްސްޕޯޓު މި މުއްދަތުގެ ތެރޭގައި ހަތް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. ސެމްސަންގު ފޯނު އެކުސްޕޯޓު ކުރުން ވެސް ވަނީ 4.1 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެކްސްޕޯޓު ކޮށްގެން މިވަރުގެ ކުރިއެރުމަކަށް އެހީތެރިވެދެނީ އިންޑިއާ ސަރުކާރުން ގެންގުޅޭ އުފެއްދުންތެރިކަމަށް ހިތްވަރު ދިނުމުގެ، ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް (ޕީއެލްއައި) ސްކީމްގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ އުފެއްދުންތެރިކަމުގެ ސިނާއީ މަރުކަޒެއްގެ ގޮތުގައި އިންޑިއާގެ ދަރަޖަ އުފުލިގެން ދިއުމަކީ އިލެކްޓްރޯނިކްސް ސިނާއަތުގައި އިންޑިއާގެ މުހިންމުކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

މިކަމުގެ ސަބަބުން އިލެކްޓްރޯނިކްސް ސާމާނުތައް އިންޑިއާގައި އުފެއްދުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން، 1.2 މިލިއަނަށް ވުރެ ގިނަ ވަޒީފާ އުފެދުމަށް ވަނީ އެހީވެދީފަ އެވެ.

އިންޑިއާ ސެލޫލާ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަން އިން ލަފާކުރާ ގޮތުގައި މިހާރު ހިނގަމުން މިދާ މާލީ އަހަރު ނިމޭއިރު މޯބައިލް ފޯނު އެކްސްޕޯޓް 21.6 ބިލިއަން ޑޮލަރަށް އަރާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން