ފޮރިން މިނިސްޓަރު ލަންކާގައި
ފޮރިން މިނިސްޓަރު ލަންކާގައި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިނިސްޓަރު ލަންކާއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ސޯޝަލް މީޑިއާގައި ހަލީލަށް މަރުގެ އިންޒާރު ދިނީ ދިވެއްސަކާ އިނދެގެން ދަރިއެއް ވެސް ހުންނަ ލަންކާ މީހެއްކަން "ރަސް"އަށް ވަނީ އެނގިފަ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުން އޭނާ ރުޅި އައިގެން އުޅެނީ ރާއްޖެއިން ޑީޕޯޓްކުރުމުން ނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންވެ ބަލަން ޖެހޭ ކަންކަން ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

އަދި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން