މާ ހެފުމަކީ ބިދުޢައެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން މާހެފުން ބޭއްވުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އާދަކާދައެއްގެ ގޮތުގައި ކުރަމުން ގެންދާ ކަމެކެވެ.
ނަމަވެސް މިއީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އަދި ބިދުއައެއް ކަމަށް ބައެއް ދީނީ ފިކުރުތައް ގެންގުޅޭ ދިވެހީން ދެކެއެވެ.
އެކަމަށް އިޝާރާތްކުރައްވައި އިސްލާމިކް މިނިސްޓަރު މިއަަދު ފޭސްބުކުގައި ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖުތިމާއީ އާދައެއް ކަމަށެވެ. އަދި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ އެއީ ބިދުއައަކަށް ނުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމުގެ ތެރޭގައި ޝަރުއުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް. ހަމަ މިގޮތައް ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް."މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ އަމަލަކީ އިހުލާސްތެރިވުމާއި މާފުކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ކަމަށެވެ. އަދި ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު