މަސް ދަޅު ބަލާ ގޮސް ކިއު ހަދާފައި---
މަސް ދަޅު ބަލާ ގޮސް ކިއު ހަދާފައި---
ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ޓޯކެން ނަގައިގެން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބަހަން ފެށިއިރު ގިނަ ބަޔަކު ކިއުގައި ޖެހި މަގުތައް އޮތީ ފުރިފަ އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކިއު ކުޑަކުރުމުގެ ގޮތުން ދެން މާލޭގައި މަސްދަޅު ދޫކުރާނީ އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކެން ދޫކޮށްގެން ކަމަށެވެ. އެއީ ރޭގަނޑު އަށަކުން 12 އަށެވެެ.

"މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކެން ނެގުމުން އެ ރެެއެއްގައި އެ މަރުކަޒުުން އެ ބޭފުޅަކަށް މަސްދަޅު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ." މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

ކުރިން ކަނޑައަޅާފައި އޮތީ މި މަހުގެ 28އާ ހަމައަށް މާލޭގައި މަސް ދަޅު ދޫކުރުމަށެވެ. ނަމަވެސް ހުރިހާ ގޭބިސީއަކަށް މަސް ދަޅު ދޫކުރެވެންދެން އެ މަސައްކަތް ކުރިއަށް ގެންދަންވަނީ ނިންމައިފަ އެވެ.

ކުރިން މަސް ދަޅު ދޫކުރަމުން ދިޔައީ ފަސް ތަނަކުން ނެވެ. ނަމަވެސް މިހާރު 13 ތަނަކުން މަސްދަޅު ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެކި ތަންތަނުން ޓޯކެން ދޫކުރަން ނިންމާފައި ވަނީ އެކި ވަރަށެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރާ ތަންތަން؛

1- މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން

2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން

3- ހެންވޭރު ދަނޑު- 100 ޓޯކަން

4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން

5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން

6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން

7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން

8- ސޯޝަލް ސެންޓަރު- 100 ޓޯކަން

9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން

10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން

11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން

12- ހުޅުމާލެ ހިޔާ ޓަވަރު 10 - 100 ޓޯކަން

13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން