ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ- ގޫގުލް އިމޭޖެސް
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ- ގޫގުލް އިމޭޖެސް
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުން ބޯހިޔާވަހިކަމަށް ހައްލު އަންނާނެ މަންޒަރެއް ފެނިވަޑައިނުގަންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއްކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އެގޮތުން ޔައުގޫބު ވިދާޅުވީ މި ސަރުކާރަކީ ހިސާބު އެނގޭ ސަރުކާރެއް ނޫން ކަމަށެވެ. އަދި މިއަހަރުތެރޭ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭން ސަރުކާރުން ވައުދުވެފައި ވީނަމަވެސް އެކަން ބަޖެޓުން ހާމަނުވާކަން ޔައުގޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

ޔައުގޫބު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލަން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ފްލެޓު ލިސްޓު އާންމު ކުރާނެ ކަމަށް ބުނެވެސް ސަރުކާރުން ހަދަމުން ދަނީ ދޮގު ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ލިސްޓު މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.

ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި މިމަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު އާންމު ކުރާނެ ކަމަށެވެ. އަދި ފްލެޓުތައް އޭގެ ހައްގުވެރި ފަރާތްތަކާ މިއަހަރު ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހަވާލު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން