ފަލަސްތީނުގެ ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ތިންވަނަ ބުރެއް ފަށާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލަދީ އޭއެފްޕީ އިން ބުނެއެވެ.
އޭއެފްޕީ އިން ބުނީ ޣައްޒާގައި ދިރިއުޅޭ ކުޑަކުދީންގެ ތެރެއިން 600،000 ކުދީންނަށް މިބުރުގައި ވެކްސިން ދޭން ހަމަޖެހިފައިވާކަމަށެވެ.
އދ. ގެ އެޖެންސީތައް ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތުގައި ނިރުބަވެރި އިސްރާއީލުން ބޯއިކޮޓްކޮށްފައިވާ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ ޖަމިއްޔާ ''ޔޫއެންއާރްޑަބްލިއުއޭ'' ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާއިން ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ޣައްޒާގެ 591،000 ކުދީންނަށް ވެކްސިން ދެވޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އޮފިޝަލުން ބުނީ އދ. އިން ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ނިންމައި އެ މަސައްކަތް ފަށާފައި މިވަނީ އިސްރާއީލުން އެ ސިޓީއަށް ދެމުންދިޔަ ގެއްލުންތަކުގައި އަސާސީ ހިދުމަތްތައް މެދުކެނޑި ގާޒާގެ ފެން ތަޣައްޔަރު ވެ ޕޯލިއޯގެ އަސަރު ފެނުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު